- Advertisement -ad image

އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުން ކަންކުރާގޮތް ހަނދާންކޮށްދޭން އިދިކޮޅުގެ ޓީމެއް ގުރައިދޫ ދާއިރާއަށް!

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިކެކްޝަންގެ ކުރިން އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް އިދިކޮޅުގެ ޓީމެއް މިއަދު ހިނގައްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާަޅުވީ، ޕީ.ޕީ.އެމް/ޕީ.އެން.ސީ ލީޑަރޝިޕް މިއަދު ކ.ގުރައިދޫ ދާއިރާއަށް ދަތުރު ކުރާނެ ކަމަށެވެ.
އަދި ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިސަރުކާރުން އެދާއިރާގެ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނާއި ހެދިހާ ދޮގުތައް ހަނދާން ކޮށްދޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
“ ވޯޓަށް 2 ކޮމަންޑޫ ގުޅާލަން ޖައްރާފުވެސް ގެންދިޔަ. މަސައްކަތްވެސް ގޮތަކަށް ފެށި. ވޯޓް ނިމުމާއެކު މަސައްކަތް ހުއްޓާލި. ޖައްރާފުވެސް އެތަނުން އެހެންތަނަކަށް ފޮނުވާލި “ ޝުޖާއު ވިދާޅުވިއެވެ.
އެހެންކަމުން ކ.ގުރައިދޫ ދާއިރާގެ ރައްޔިތުން މިކަންކަމަށް ޔަޤީނުންވެސް ވިސްނަވާނެކަން ޔަޤީން ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ ގޮތުގައިވެސް ހުންނެވި ޝުޖާއު ވިދާޅުވިއެވެ.

ރިޒާ އަވަހާރަވުމާއި ގުޅިގެން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ މަޖިލިސް ގޮޑިއަށް ވާދަކުރާ އިދިކޮޅު ކެނޑިޑޭޓަކު ކަނޑައެޅުމާއިމެދު އަދި ވަކިގޮތެއް ނުނިންމައެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ