- Advertisement -ad image

ސިޔާސީ ގޮތުން ތިންފަށްވުމުން ދެން ޖެހޭނީ އެއްގޮތެއްގައި ހުންނަން: އަލީ ރަމީޒް

ad image

ގުޅުންހުރި ލިޔުންތައް


ސިޔާސީ ގޮތުން ތިން ފަށްވުމުން ދެން ޖެހޭނީ އެއްގޮތެއްގައި ހުންނަން ކަމަށް އަލީ ރަމީޒު ބުނެފިއެވެ.
އަލީ ރަމީޒު ކުރި ޓުވީޓެއްގައި ބުނީ ސިޔާސީ ގޮތުން ތިން ފަށްވެ ފަށް ކަނޑާނެ ޕާޓީއެއްވެސް ނެތުނީމާ ދެން ޖެހޭނީ އެއްގޮތެއްގައި ހުންނަން ކަމަށާއި އިތުރު ގޮތެއް އެކަމުގައި ނޯންނާނެ ކަމަށެވެ.
އަލީ ރަމީޒު މިގޮތަށް ޓުވީޓުކޮށްފައި މިވަނީ އަދާލަތު ޕާޓީގެ ރައީސް އިމުރާނު އަބްދުالله ވިދާޅުވި އެއްޗަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
ހޯމް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އިމުރާނު ވިދާޅުވީ، ސިޔާސީ މަސައްކަތުގައި އިހުލާސްތެރި ހިތަކައިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެ ކަން ވަރަށް ސާފުކޮށް މިދަނީ ފެންނަމުން ކަމަށެވެ.
އަދި ނާކާމިޔާބު ވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލު ކުރަންޖެހޭ ކަމެއް ނޫން ކަމަށް އިމުރާނު ވިދާޅުވިއެވެ.

އިމުރާނު މިގޮތަށް ވިދާޅުވިއިރު 2008 ގައި ހުންނެވީ ވަތަން އެދޭ އިއްތިހާދާއެކު ރައީސް މައުމޫނާ ދެކޮޅަށެވެ. އަދި 2012 ގައި 23 ޑިސެމްބަރު އިއްތިހާދުގެ ތެރެއިން އޭރުގެ ރައީސް ނަޝީދާ ދެކޮޅަށް ނިކުންނެވިއެވެ.
2013 ގައި ޕީޕީއެމް އިއްތިހާދުގެ ތެރޭ ހުންނެވިއިރު 2018 ގައި ޖަޒީރާ ރާއްޖެ އިއްތިހާދު ރަނގަޅުވެ ހުންނެވީ އެމްޑީޕީ އާއެކުއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ތިންފަށް ވެއްޖިއްޔާ އެހިސާބުން ގޮތްހުސްވެ، އަރާނެ ގެ ހުސްވީއެވީއެވެ. އެހިސާބުން ދެންޖެހޭނީ ބުނިހައި ގޮތެއް ހަދައިގެން އަޅުވެތިކަމުގެ ފަސްބައިގައި އެލިގަނެގެން އޮންނާށެވެ. އެނޫންގޮތެއް ނޯންނާނެއެވެ. މިހާރު އެއީ މީހެއްގެ އަޅެކެވެ.

  2. ސިޔާސީ ނޭގޭ މީހުން ސިޔާސީ ވާހަކަތަކުން ވާހަކަ ދެއްކުމާއި ޕާޓީ ތަކުން ސިޔާސީ ދަންމަރު ފަތުރަށް މަސައްކަތް ނުކޮށް ތިބެ ސަރުކާރުން ޕާޓީތަކަށް ދޭ ފައިސާ ބައްކޮށްގެން ތިބޭތަން މި ފެންނަނީ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ