- Advertisement -ad image

މާލޭގެ ފާރުތައް ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލެގެ ބައެއް ހިސާބުތަކުގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ފޮހެ ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެގޮތުން މިމަސައްކަތް ކުރަމުންދަނީ މާލެސިޓީ ކައުންސިލާ ދިވެހި ފުލުހުންގެ ޚިދުމަތާއިގުޅިގެންނެވެ. މާލޭގެ އެކި ސަރަޙައްދު ތަކުގެ ފާރުތަކުގައި އާއްމު އިޖުތިމާއީ މިންގަޑާ ޚިލާފަށް ހުރި ކުރެހުންތަކާ ލިޔުންތައް، ފޮހެލުމުގެ މަސައްކަތް ދަނީކުރެވެމުން ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. ނަމަވެސް މިކަމުގެ އިތުރު ތަފުސީލެއް ދެ މުއައްސަސާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.

ސިޓީކައުންސިލްގެ މުވައްޒަފުން މިމަސައްކަތް ކުރަމުންދާއިރު ފުލުހުންދަނީ އެ ސަރަހައްދުތަކުގައި ފޯރިމަރަމުންނެވެ.
މީގެ ކުރިންވެސް ފުލުހުން އެކި ކަހަލަ އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހުރި ކުރެހުންތައް ފޮހެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ