- Advertisement -ad image

ޖޫސް ޓައިމަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމަަށް ވަދެ ގެއްލުންދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މީގެ ކުރިން ފުލުހުން ވަނީ ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމަށް ވަދެ ބަޔަކު ދިން ހަމަލާ އާއި ގުޅިގެން ހުޅުމާލެ އެޕާޓްމަންޓެއް ބަލާ ފާސްކޮށް 7 މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ 2023 ފެބްރުއަރީ 17 ވަނަ ދުވަހުގެރޭ ހުޅުމާލެ ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ފެބްރުވަރީ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން 7 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަަށާއި މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ