- Advertisement -ad image

ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުން ބޭނުންވާ ހުކުމެއް ކުރަން ހިތްވަރު ދިނުން: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ޙުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ޝަކީލް ހައިކޯޓަށް ޢައްޔަން ކުރުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައި ކަމަށެވެ.
މިއީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އަދި ސަރުކާރުން އެކަން އެގޮތަށް ކުރުން އެއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް އަނިޔާވެރިވުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
“ ރައީސް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވަނިކޮށް، ދަށުން ކޯޓުން ޙުކުމް ޖެހި ޤާޒީއަށް މަޤާމުމެ ކުރިއެރުން ދިނުމަކީ، ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުންކަމުގައިވެސް ޤަބޫލުކުރެވޭ “ އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އިދިކޮޅުން ބުނީ މިއީ ރިޝްވަތުގެ ޢަމަލެއްގެ ގޮތުގައިވެސް ބެލެވޭ ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ސަރުކާރުގެ ނުފޫޒާއެކު، އެތައް މަންފާއަކާއި ވަޒީފާގެ ކުރިއެރުން ތައް ހުށަހެޅި، ޤާޒީ އަމިއްލަ އިޚުތިޔާރުގެ ބޭރުންކަމުގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޤަބޫލުކުރާ ކަމަށެވެ.
“ ރައީސް ޔާމީންގެ މައްޗަށް ކުރި ޙައްޤު ނޫން ޙުކުމުގެ ހަދިޔާއެއްގެ ގޮތުގައި، އެއަށްވުރެ މަތީ މަޤާމަކަށް ޤާޒީ ޝަކީލު ބަދަލު ކުރާނެ ވާހަކަ އެއީ މީގެ ކުރިންވެސް މި ކޯލިޝަނުން ދައްކަމުން ގެންދިޔަ ވާހަކައެއް “ ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކޯލިޝަންގެ ލީޑަރ އަދި ޕިޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙައްޤު ނޫން ޙުކުމް ހައިކޯޓުގައި އިސްތީޢުނާފްކޮށްފައިވާއިރު، އެމައްސަލައިގެ އެއްވެސް ކަމެއް ހައިކޯޓުގައި ހިނގަމުން ނުދާތީވެސް ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ