ކުރިއަށް މިއޮތީ ބަރަކާރްތެރި ރަަޟާންމަހެވެ. މި ކުޑަ ކުޑަ މުޖުތަމައުގައިވެސް ބަނޑުފުރާނެ މުއްތިކުރާނެ ގޮތް ކިރިޔާ ލިބިފައިވާމީހުން މަދުންނަމަވެސް އެބައުޅެއެވެ.
ރަމަޟާންމަހަށް ހާއްސަކޮށް ނިކަމެތި އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ކެމްޕެއިން “ރަމަދާން އެއިޑް” މަމްސް ޖަމިއްޔާއިން މިވަނީ ފަށާފައެވެ.
އެގޮތުން މަމްސް އެއިޑުން ހުޅުވާލާފައި ވަނީ މިއަހަރުގެ ރަމަޟާންމަހު އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ސަދަގާތް ކުރުމުގެ ފުރުސަތެވެ. މަމްސް އެއިޑުން ބުނީ މި އެހީ ލިބިގެންދާނީ ޔަތީމު ކުދިން، އެކަނިވެރި މައިން/ބަފައިން، ހާއްސަ އެހީއަށް ބޭނުންވާ މީހުން ނުވަތަ ކުދިންނަށް ކަމަށެވެ.
އެގޮތުން މަމްސް އެއިޑްގެ ޕެކޭޖެއް ހަދިޔާކޮށްގެން ކެއަރ ލިސްޓްގައި ރަޖިސްޓްރީކޮށްފައިވާ ނިކަމެތި އާއިލާތަކަށް މި ރަމަޟާންމަހު ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދެވިދާނެއެވެ.
މިއަހަރުވެސް އެހީތެރިކަމަށް ބޭނުންވާ 300 އަށްވުރެ ގިނަ އާއިލާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރަޖިސްޓްރީކޮށްފައިވެއެވެ.
މަމްސް އެއިޑްގެ ރަމަޟާން އެއިޑް ޕެކޭޖަސް:
300 ރުފިޔާ 3 ދުވަހުގެ ރޯދަވީއްލުމަށް
500 ރުފިޔާ 5 ދުވަހުގެ ރޯދަވީއްލުމަށް
1000 ރުފިޔާ ރޯދަމަހަށް ބޭނުންވާ ކާބޯތަކެތި 3 މެންބަރުންގެ އާއިލާ
1500 ރުފިޔާ ރޯދަމަހަށް ބޭނުންވާ ކާބޯތަކެތި 5 މެންބަރުންގެ އާއިލާ

ކެއަރ ޕެކޭޖު އެއް ފޯރުކޮށްދީގެން މި ރަމަޟާން މަހު މި އާއިލާތަކަށް އެހީތެރިވަމާތޯއެވެ..
އެހީވުމަށް މަމްސް ޖަމިއްޔާގެ އެކައުންޓް ނަމްބަރަށް ފައިސާ ފޮނުވިދާނެއެވެ.
7730000294482 މަމްސް ޖަމިއްޔާ
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާއި ދިމާކޮށް މަމްސް ޖަމިއްޔާއިން އަންނަނީ މިފަދަ އެތައް އާއިލާތަކަކަށް އެހީ ފޯރުކޮށްދެމުންނެވެ. މި ޖަމިއްޔާއިން ކުރާ މި މުހިންމު މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ.