ދިއްފުށީ ކައުންސިލްގެ 9 ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި މުބާރާތް ބާއްވާފައިވަނީ މިމަހުގެ 2 އަކުން 3 އަކަށެވެ. މުބާރާތުގައި މިއަހަރު 88 ކުދިން ބައިވެރިވެ ގުރުއާން ކިޔަވާފައިވެއެވެ.
މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ ހައްވާ ނަހުމާއެވެ. ނަހުމާއަށް ވަނީ އިނާމެއްގެ ގޮތުގައި އުމުރާ ދަތުރެއްޗލިބިފައެވެ.
މުބާރާތުން 2 ވަނައަށް ދިޔައީ އާއިޝަތު އައިލީން އިލްޔާސެވެ. އައިލީން އަށް ވަނީ 8000 ރުފިޔާގެ ފައިސާގެ އިނާމުދީފައެވެ.
މުބާރާތުގެ ތިންވަނަ ހޯދީ އަމާނީ ޝަރީފެވެ. އަމާނީ އަށް ވަނީ 4000 ރުފިޔާގެ ފައިސާގެ އިނާމުދީފައެވެ.



މީގެ އިތުރުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ލިބުނީ ރާފިޔަތު ޒީޝާ ނަޒީލަށެވެ. ނުބަލާ ކިޔުމުގެ ގޮފިން ދެވަނަ ލިބުނީ އަލާން ހަސަން ޝަމުލީނަށެވެ. މި ގޮފިން ތިންވަނަ ލިބުނީ އަޒުކާ ޝިމާލް މުހައްމަދަށެވެ.



މީގެ އިތުރުން މުބާރާތުގައި ކިޔެވި އުމުރުން އެންމެ ދުވަސްވީ ސުރައްޔާ ސަލީމްއަށް ވަނީ ހިތްވަރުދިނުމުގެ އިނާމު ކައުންސިލްގެ ފަރާތުންދީފައެވެ.