މާލޭގެ ތަނެއްގައި ފޮރުވާފައި ހުރި 4 ކިލޯގެ ހެރޮއިން ފުލުހުން ހޯދައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިތަކެތި ހޯދީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް، 4 މާޗު ގައި މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަން ހިންގާމާލޭގެ 10 ތަނެއް ފުލުހުން ބަލާފާސްކުރި ކަމަށް ސީޕީ ވިދާޅުވިއެވެ.
އަދި 5 ދިވެހި ފިރުހެނުން ހައްޔަރުކޮށް 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދުނު ކަމަށް ސީޕީ ވިދާޅުވިއެވެ.
