- Advertisement -ad image

ވިލިމާލޭގައި ފިތުރު އީދު ނިމެންދެން ބަގީ ދަތުރުތައް ހިލޭ ކުރެވޭނެ: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް


ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ ކަމަށް މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭގެ 1 ހަފްތާ ފަހުން 16 މާރޗް ވާ ބުރާސްފަތި ދުވަހު ބަގީގެ ޚިދްމަތް ފެށޭނެ ކަމަށެވެ.
އަދި ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އަގު ނަގައިގެން ދަތުރު ކުރާނީ ޕްރައިވެޓް ހަޔަރ އެކަނި ކަމަށް މޭޔަރު ވިދާޅުވިއެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިހާރު ވަނީ މާލެ ގެނެސްފައެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ގެނެވޭ ބަގީތަކުގެ ތެރޭގައި، މުދާ ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭގޮތަށް ހެދިފައިވާ 2 ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ 1 ބަގީ ހިމެނޭނެއެވެ. އަދި 4 ސީޓުގެ 3 ބަގީ އާއި، 6 ސީޓުގެ 3 ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ 1 ބަގީ ހިމެނޭނެއެވެ. މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ