ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ ޓޫރިޒަމް ޓްރޭޑް ފެއާ، “އައިޓީބީ ބާލިން 2023″ގައި ދިވެހި ސަގާފީ ނެށުން ކަމަށް ދައްކަން ނަށާއި ގުރޫޕަކުން ހުށަހަޅައިދިން ހުށަހެޅުން ވަރަށް ކަމުދާ ކަމަށް ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ފަޒުނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފެއަރގައި ހުށަހަޅައިދިން އުފެއްދުންތެރި ނެށުން ވަރަށް ކަމުދާ ކަމަށެވެ.

ފަޒުނާ މިނެށުންތަކަށް ތައުރީފު ކުރިއިރު މުޅި ސޯޝަލް މީޑިއާގައި މި ނެޑުންތަކުގެ ވީޑިއޯ ދައުރުކޮށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
މިއީ ރާއްޖޭގެ ސަގާފަތަށް ކުރި މަލާމާތެއް ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. އެގޮތުން ކަޕުލް ޑާންސް ނުވަތަ އަންހެނުންނާ ފިރިހެނުންގެ ގައިގޯޅި ނެށުންތަކަކީ ދިވެހި ސަގާފީ ނެޑުންތަކުގެ ތެރޭގައި ހިމެނޭ ބައެއް ނޫން ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
“ މީގެ ކުރިން ވެސް ރާއްޖެ ތަމުސީލު ކުރަން ބޭރު ގައުމުތަކަށް ގޮސް އައިޓަމްތައް ހުށަހެޅި. މޮޑާން ޑާންސް ކުރާ ބަޔަކަށް ދިވެހި ސަގާފީ ޑާންސް ނޭންގޭނެކަން ތިއޮތީ ފެންނަން. “ މީހަކު ބުނެފައިވެއެވެ.
ދިވެހި ސަގާފީ ހެދުން ގޮތަށް ފަރުމާކޮށްފައިވާ ހެދުންތަކެއްލައިގެން ބާލިންފެއަރގާ ނަށާފައިވަނ” ޑައިނިސިއެކް “ ކިޔާ ގުރޫޕަކުންނެވެ.
ބޮއެ ހަލާކު.
ތި ފަޒުނާއަކީވެސް ފަރަންޖީންގެ އުޅުން ރަނގަޅު މީހެއް ވިއްޔަ، އެހެންވީމަ ހުށައެޅި ފަރަންޖީންގެ ޑާންސު ރަނގަޅުވާނެތާ.!
ތިތާކު ނެތެއްނޫން އޮރިޔާމާ ނޫންގޮތެއްގާ ހުރި މީހެއް، މުސްލިމު ގައުމެއްގެ އަންހެނުން ތަކެއއހެން ހީވޭތަ އަޅާފަތިބި ހެދުމުން.؟ ދިވެހި ހެދުމޭ ކިއައިގެން ލައިގެން ތިބި ހެދުންތައްވެސް އެއީ ދިވެހި ހެދުމަށް ކޮށްފަ ހުރި ފުރައްސާރައެއް.