- Advertisement -ad image

އިންތިހާބުތަކުގައި ރިޝްވަތު ކަމަށް ބެލެވޭނެ ކަންކަން ބަޔާންކުރާ އިސްލާހެއް

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ.
މި އިސްލާހުގައި ވާގޮތުން، އިންތިޚާބާ ގުޅިގެން އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހަމާކުރުން ފިޔަަވައި އެއިން ސިޔާސަތެއް ނުވަތަ ތަސައްވުރަކާ ގުޅޭ ގޮތުން ކެނޑިޑޭޓަކު އާންމުކޮށް ވައުދުވާވުން ފިޔަވައި، ކެނޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ އާންމު ފައިދާއަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުމާއި، އެއްވެސް ބާވަތެއްގެ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭން ވައުދުވުމަކީ ރިޝްވަތު ދިނުމެވެ.

މުޢިއްޒު ހުށަހެޅި އިސްލާހުގައި އިތުރަށް ހިމަނާފައިވާ ކަންކަމަށް ބަލާއިރު ވޯޓާ ގުޅޭ ލިޔެކިޔުން ނައްތައިލުމާއި ރައްކާތެރިކުރުމާ ގުޅޭ މާއްދާތަކެއް ހިމެނެއެވެ.
އޭގައި ވާގޮތުން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ފަހުން 30 ދުވަހުގެ މުހުލަތެއް ފާއިތުވަންދެން އެ އިންތިޚާބެއްގައި ވޯޓުލުމުގައި ބޭނުންކޮށްފައިވާ ބައެއް ލިޔުންތައް ރައްކާތެރިކަމާއެކު އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަންޖެހޭނެއެވެ.
މީގެ ތެރޭގައި ހިމެނެނީ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާފައިވާ ހުރިހާ ލިޔެކިޔުމާއި ތަކެތީގެ އިތުރަށް ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭހެން ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެވެ.
އޭގެ އިތުރަށް ވޯޓުލާ މަރުކަޒުތަކަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދުގެ 1 އިންސައްތައަށްވުރެ އިތުރުނުވާ އަދަދަކަށް އިތުރު ވޯޓު ކަރުދާސް ފޮނުވަންވާނެކަމަށާއި، ވޯޓު ލާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދު މަރުކަޒުތަކަށް ގިނަވެގެން އިތުރަށް އެއް ވޯޓު ކަރުދާސް ފޮނުވަންވާނެކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ