- Advertisement -ad image

ޕީޕީއެމާއެކު ސިޔާސީ މަޝްވަރާއަށް އަންނަންވާނީ ކޯލިޝަނުން ނުކުމެ، ވަޒީރުންތައް އިސްތިއުފާ ދިނުމަށްފަހު: ޓޮމް

ad image

ގުޅުންހުރި ލިޔުންތައް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމާއެކު ސިޔާސީ މަޝްވަރާއަށް އަންނަންވާނީ ކޯލިޝަނުން ނުކުމެ ވަޒީރުންތައް އިސްތިއުފާ ދިނުމަށްފަހު ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ، އިންޑިޔާގެ ސިފައިން ރާއްޖޭން ބޭލުމަށް ރައީސް ޔާމިން ކުރައްވާ މަސައްކަތާއި އިދިކޮޅު ފިކުރަކާއެކު ޕީޕީއެމަށް މަސައްކަތްކުރަން ފަސޭހައެއް ނޫން ކަމަށެވެ. އަދި ރައީސް ސާލިހާއެކު ކޯލިޝަން ހަދައިގެން ތިއްބަވައި ޕީޕީއެމާއެކު ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

“ އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ހާއްސަކޮށް އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ރައީސް ޔާމީން އިއުލާންކުރައްވާފައިވާ ސިޔާސަތާއި އިދިކޮޅު އެ ވިސްނުމާއި ދެކޮޅު ފިކުރުތަކުގެ ބޭފުޅުންނާއެކު ސިޔާސީ މަސައްކަތްތައް ކުރަން އުދަނގޫވާނެ “ ޓޮމް ވިދާޅުވިއެވެ.
ޓޮމް އިތުރަށް ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ވަރުގަދަ ސިޔާސީ ލީޑަރެއް ނޫން ކަމަށެވެ. އަދި ރައީސް ސާލިހަކީ 2023 ގެ ރިޔާސީ އިންތިހާބުގައި މާމައްޗަށް ނަތީޖާއެއް ހޯދިދާނެ ކަމަށް ގަބޫލުކުރެވޭ ބޭފުޅެއްވެސް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ