މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު އަންހެނަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އިމާރާތުގެ މަތިން ވެއްޓި މަރުވީ 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އަދި އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ ގެއަކުން މީހަކު ވެއްޓިފައިވާ ކަމަށް މިރޭ 20:05 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
