- Advertisement -ad image

ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ޖޭޕީން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާ އެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ މިރެއެވެ.
ޖޭޕީ ކައިންސިލުންގެ މިނިންމުމާއެކު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމްއެވެ. ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބުގައި ވާދަކުރުމަށެވެ.
ޖުމުހޫރީޕާޓީއަކީ މިހާރު އޮތް އެމްޑީޕީ ސަރުކާރުގެ ކޯލިޝަން މެންބަރެކެވެ. ޖޭޕީގެ މި ނިންމުމާއެކު ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ސަބަބަކީ މިހާރުވެސް ޖުމުހޫރީޕާޓީގެ ގިނަ މެންބަރުންތަކެއް ސަރުކާރުގެ އިސް މަގާމުތަކެއްގައި އެބަތިއްބެވެ. އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އަދި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާގެ އިތުރުން ފިޝަރީޒް މިނިސްޓަރ ހުސެއިން ރަޝީދު ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ