- Advertisement -ad image

ތިން ޕާޓީގެ ކޯލިޝަނުން ފަސޭހަކަމާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ލީޑަރޝިޕްގެ ދަށުން އަދާލަތު ޕާޓީ އަދި އެމްޑީއޭ އާއެކު ފަސޭހަކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމިތާ ގިނަ އިރުތަކެއް ނުވަނީސް ކުރެއްވި ޓުވީޓުގައެވެ.
އަދާލަތު ޕާޓީއަށް ބަލާއިރު އެއީ އެންމެ ފުރަތަމަ ސަރުކާރާ ކޯލިޝަން ހެދި ޕާޓީއެވެ. އަދި މިހާތުވެސް ސަރުކާރުގެ އިސްމަގާމުތަކުގައި އަދާލަތަށް ނިސްބަތްވާ މެންބަރުން އެބަތިއްބެވެ. އެގޮތުން ހޯމް މިނިސްޓަރު އިމުރާނު އަބްދުالله އަދި އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ނިސްބަތްވެވަޑައިގަންނަވަނީ އަދާލަތު ޕާޓީއަށެވެ.
ދެވަނައަށް އެމްޑީޕީއާއި ކޯލިޝަން ހެދީ އެމްޑީއޭއިންނެވެ. އެމްޑީއޭ އަކީ ސަން ޓްރެވަލް ސިޔާމްގެ ޕާޓީއެވެ.
އަލީ ޒާހިރު ވިދާޅުވީ ތިން ޕާޓީ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކޮބާ 3 ޕާޓީ؟ އެމް.ޑީ.ޕީގެ އެއްފަޅިޔާ، ޕާޓީއެއްކަމަށް ނަންކިޔައިގެން އުޅޭ، ތަބާވާ ބަޔަކުނެތް 2 ނަމަކާ ތިޔަތަނުގައި ތި އޮތީ ޕާޓީއެއްގެ 0.75 ހަމަވާނީ ކޯލިޝަން އެއްކޮށްވެސް މިހާރު!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ