- Advertisement -ad image

މިހާރު އޮތް ދެ ޕާޓީ އާއެކު އިންތިހާބު ކާމިޔާބު ނުވާނެކަން ރައީސް ސާލިހުވެސް ގަބޫކުރޭ: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީއޭ އާއި އަދާލަތާއި އެކު ރައީސް ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެކަން ހުދު އެމަނިކުފާނުވެސް ގަބޫލު ކުރައްވާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު ވިދާޅުވެއްޖެއެވެ.

ވައްޑެ މިގޮތަށް ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ލީޑަރޝިޕްގެ ދަށުން އަދާލަތު ޕާޓީ އަދި އެމްޑީއޭ އާއެކު ފަސޭހަކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.
“ ތީ އިންތިހާބު ކާމިޔާބު ކުރެވޭ ސައިޒު ކޯލިޝަނެއް ކަމަށް ހުދު ރައީސް ސާލިހުވެސް ގަބޫލު ނުކުރައްވާ “. ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ އެމްޑީއޭ އާއި އަދާލަތުގެ އާއްމު ގިނަ މެންބަރުން ތިބި ގޮތް ވެސް ރައީސް ސާލިހުއަށް ގައިމުވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އިންތިހާބު ކާމިޔާބު ކުރާނެ ކޯލިޝަނެއްގެ ބަހުސް މިހާ ބޮޑުވެފައިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް އެޕާޓީގެ ކައުންސިލުން އަންގާރަ ދުވަހު ނިންމުމާއި ގުޅިގެންނެވެ.

ޖޭޕީގެ އެ ނިންމުމާއި ގުޅިގެން އަލީ ޒާހިރު ވިދާޅުވީ ތިން ޕާޓީ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ