- Advertisement -ad image

ކޯލިޝަން އާއި ބެހޭ ގާނޫނެއް ރާއްޖެއަށް ވަރަށް މުހިންމު: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


ކޯލިޝަން އާއި ބެހޭ ގާނޫނެއް މިހާރު ރާއްޖެއަށް ވަރަށް މުހިންމު ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
މެންބަރު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރަސީގައި ކޯލިޝަން ދެމެހެއްޓުމަށް މުޅި ދައުލަތް ގުރުބާންކޮށް ރާއްޖޭގެ ހުރިހާ ވަސީލަތެއް ސިޔާސީވެރިންނަށް ބައި އަޅާގޮތަށް އޮތުމުން މުޅި ރާއްޖޭގެ މުސްތަގުބަލަށް ހިޔަނި އެޅޭ ކަމަށެވެ.
އާދަމް ޝަރީފު މިގޮތަށް ވިދާަޅުވީ ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން ދެކެވޭ ވާހަކަތަކުންނެވެ.
އެގޮތުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަނެއް ހަދައި ރިޔާސީ އިންތިހާބުގައި ވާދަކުރަން މަސައްކަތް ކުރާ ކަމުގެ ނުވަތަ މަޝްވަރާތަކެއް ހިނގާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ