- Advertisement -ad image

މުޅި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އެއްހާސް ވޯޓް އަދާލަތަށް ނުނެގޭނެ: މުހައްމަދު އިސްމާއިލް

ad image

ގުޅުންހުރި ލިޔުންތައް


އަދާލަތު ޕާޓީއަކީ ހަމައެކަނި ނަންބޯޑެއް ކަމަށާއި މުޅި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން 1000 ވޯޓް އަދާލަތަށް ނުނެގޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާަޅުވެއްޖެއެވެ.
މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސާލިހު 51 އިންސައްތައިން ކާމިޔާބު ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވުމާއި ގުޅިގެންނެވެ.
އެކަމަަށް ރައްދުދެއްވައި މުހައްމަދު ވިދާޅުވީ މާތްﷲ މަދަދު ދެއްވާނީ ރަސޫލާއަށް ފުރައްސާރަކުރި މީހުންނަށް މުސާރަދީ ވާގިދޭ ބަޔަކަށް ނޫން ކަން ޔަޤީންވާ ކަމަށެވެ. އަދި އެބައިމީހުން ވަނީ ނިކަމެތިވެފައި ކަމަށް މުހައްމަދު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހު އާއެކު އެންމެ ފުރަތަމަ ކޯލިޝަން ހެދި ޕާޓީއަކީ އަދާލަތު ޕާޓީއެވެ. ދެން އޭގެ ސަންޓްރެވަލް ސިޔާމްގެ އެމްޑީއޭވެސް ވަނީ ރައީސް ސާލިހު އާއެކު ކޯލިޝަން ހަދާފައެވެ.
އެހެން ކަމުން ތިން ޕާޓީ ހިމެނޭ މި ކޯލިޝަނަށް އިންތިހާބު ކާމިޔާބު ކުރަން ފަސޭހަވާނެ ކަމަށް ހޯމް މިނިސްޓަރު އިމުރާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ