- Advertisement -ad image

އާއްމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ބާޒާރުމަތީގައި ފުލުހުން ކުރިއަށް ގެންގޮސްފި

ad image

ގުޅުންހުރި ލިޔުންތައް


މަގުތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމާއި މަގުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ‘’ފަހިރާސްތާ’’ ޕްރޮގްރާމް މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

ރަމަޟާންމަހާ ދިމާކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ރޯޑް ޕޮލިސް އަދި އަވައްޓެރި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިއްޔެއާއި މިއަދު މާލެ، ބާޒާރުމަތި ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދުވާރު މައްޗާއި ޕާކިން ޒޯނުގައި ކާބޯތަކެތި ދޮވެ ސާފުނުކުރުމަށާއި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އަދި މުދާ އަރުވައި ބޭލުމަށް ހާއްސަ ޒޯނުތަކަކީ ކޮބައިކަން ބުނެދިނުމާއި އެކަމަށް ހާއްސަ ކޮށްފައިވާ ޒޯނު ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ. އެގޮތުން، ނޯތު ހާބަރު ގޭޓުން ފެށިގެން މުޙައްމަދު އިސްމާޢީލްދީދީ ގޯޅިއާ ހަމައަށް ތޮށިގަނޑާވީ ފަރާތުގައި ޑަބަލް ޕާކިންގއަށް ނުވާގޮތަށް މުދާ އަރުވަން މަޑުކޮށްލެވިދާނެކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި ބޯޓަށް މުދާ އަރުވައި ބޭލުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި ބާޒާރުމަތި ބޭނުންކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ކަނޑު އުޅަނދަކުން މުދާ ބާލާއިރު މުދަލާ ހަވާލުވާނެ ފަރާތެއް ހުރިކަން ކަށަވަރު ކުރުމަށާއި މުދާ އަރުވައި ބޭލުމަށްފަހު ވީއެންމެ އަވަހަކަށް އުޅަނދު ނަގަން އިލްތިމާސްކޮށްފައިވެއެވެ. އަދި ބޯޓަށް އަރުވަން ގެންނަ މުދާ ވީއެންމެ އަވަހަކަށް ބޯޓަށް އެރުވުމަށާއި މުދާ އެރުވުމަށް އުޅަނދު މަޑުކޮށްގެން އޮންނައިރު މަގަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި މުދާ ގެންނަ އުޅަނދު ހުސްކޮށް މަގުމަތި އަމާންކުރުމަށް ފުލުހުންނަށް އެހީތެރިވުމަށް މުދާ އަރުވާ ފަރާތްތަކުގެ ކިބައިން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ