- Advertisement -ad image

ޑީއާރުޕީ އާއި އެމްއެލްއެސްޑީޕީ މި ދެ ޕާޓީ މިއަދު އުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) މިއަދު އުވާލައި ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން އުނިކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ދެ ޕާޓީ އުވާލީ ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ދިވެހިރައްޔިތުންގެ ޕާޓީ އަށް އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މެންބަރުން ހަމަކުރުމަށް ދެވުނު 3 މަސް ދުވަހުގެ މުއްދަތުގައި މެންބަރުން ހަމަކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންކަމުން ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޕާޓީ އުވާލުމަށް ނިންމާ، ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ގަވާއިދު ނަންބަރު(ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 29 ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅައި، ދެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން 2023 މާރޗް 15 ވަނަ ދުވަހު އުނިކޮށް އުވާލާފައިވާކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރާ ކަމަށެވެ.

ޑީއާރުޕީ އުވާލިއިރު އެޕާޓީގެ ލީޑަރު ކަމުގައި ހުންނެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރުއެވެ. ޑީއާރުޕީ އުވާލުމަށް ނިންމުމާއި ގުޅިގެން ޖާބިރު ވަނީ މިހާރު ގްރީން ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ