ވިލިމާލެ އިން ގެއްލިގެން ހޯދަން ފެށި 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނުނީ ހުޅުމާލެއިން ކަމަށެވެ. އަދި ކުއްޖާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވަނީ މި އަންހެން ކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 01:33 ހާއިރު ކަމަށެވެ.
