- Advertisement -ad image

އީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރި ކުރާނެ: މޭޔަރު މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް

1444 ވަނަ އަހަރުގެ ފިތުރު އީދު އަދި އަޟްހާ އީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރި ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގެ މޭޔަރު މިކަން ހާމަކުރެއްވީ ޕީޕީއެމްގެ ސެނެޓަރ ޒާހިދު ރަމީޒު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުނެވެ.
އެގޮތުން ޒާހިދު ރަމީޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެފަދަ ކަންކަން ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށާއި، ރޯދައާއި އީދު ފަދަ މުނާސަބަތުތަކާ ގުޅުވައި، އެކަހަލަ ކަންކަން ކުރަން ސަޅިވާނެ ކަމަށެވެ.
ޒާހިދުގެ މި ޓުވީޓުގެ ޖަވާބުގައި މޭޔަރު ވިދާޅުވީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން، މިކަން ރާވައިފައިވާ ކަމަށާއި، މަޖީދީ މަގާއި، ރިންގު ރޯޑާއި ޖުމްހޫރީ މައިދާން ރޯދައަށް ޒީނަތްތެރި ކުރަން ކުރިން އޮތީ ރާވައިފައި ކަމަށެވެ.
އަދި މިހާރު އުއްމީދު ކުރަނީ ކުޑަ އީދު ނުވަތަ ބޮޑު އީދަށް މަގުތައް ރީތި ކުރަން ކަމަށާއި، އެކަން މިހާރު އޮތީ ޕްރޮކިއުމަންޓް ސްޓޭޖުގައި ކަމަށްވެސް ވިދާޅުވިއެވެ.
މާލެތެރެ ޒީނަތްތެރި ކުރުމަށް ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ