- Advertisement -ad image

ގަވައިދާ ހިލާފަށް މެންބަރު ޝިޔާމް ހައްޔަރު ކުރުމުން މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށް މަޖިލީހަށް އަންގާފައި ނެތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
“ އިއްޒަތްތެރި މެންބަރު މިހާރު ދޫކޮށްލާފައިވާ ކަމަށް އަޅުގަނޑުމެން އޮޅުންފިލުވި މައުލޫމާތުން އަޚުގަނޑުމެންނަށް ސާފުވަނީ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން ފުލުހުން އަމަލުކޮށްފައިވަނީ އެގަވައިދާ ހިލާފަށް.” އީވާ ވިދާޅުވިއެވެ.
އީވާ އިތުރަަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފިނަމަ އެއް ގަޑިއިރުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާމަށް ނުވަތަ މަޖިލީހުގެ ރައީސަށް އަންގަންޖެހޭނެ ކަމަށެވެ.
“ އާއްމު އުސޫލުން އެހެންޏާ ފުލުހުން ދަނީ އަންގަމުން. ނަމަވެސް މިފަހަރު ނައިފަރު ދާއިރާގެ މެންބަރު ހައްޔަރު ކުރުމަށްފަހު 4 ގަޑިއިރު ފަހުން ދޫކޮށްލިނަމަވެސް ރައްޔިތުންގެ މަޖިލީހަށް އަންގާފައި އެއް ނެތް ކަމަށެވެ.” އީވާ ވިދާޅުވިއެވެ.

ފުލުހުން ޝިޔާމް ހައްޔަރުކޮށްފައިވަނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމަށް ތުހުމަތުކޮށް ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ