- Advertisement -ad image

ރައީސްގެ ސެކިއުރިޓީގެ ވެރިޔާ ކާނަލް ޢަބްދުﷲ އިބްރާހިމް މަގާމުން އެކަހެރިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށްފިއެވެ.
އެމްއެންޑީއެފުންނެރުނު ބަޔާނެއްގައި ބުނީ ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ޙަލީމްއާ ޙަވާލު ކުރައްވާފައިވާ ކަމަށެވެ.
“ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޚާއްޞަ ކޮމެޓީއެއް މިހާރުވާނީ އެކުލަވާލާފައެވެ” އެމްއެންޑީއެފުގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނީ ކޮމެޓީއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ދިފާޢީ ވަޒީރު ޢަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އުފައްދަވާފައިވާ ޚާއްޞަ ކޮމެޓީއެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން، މިހާރުވަނީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފް ގައި ޢަމަލުކުރަމުން އަންނަ ޕުރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށްފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ