ގދ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މައްސަލައާއި ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އަންހެންމީހާއަށް ރަށު ހެލްތް ސެންޓަރުގައި ދަނީ ފަރުވާދެމުން ކަމަށާއި މިމައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށް ބުނެފައިވެއެވެ.
