- Advertisement -ad image

މުލަ ރޯދަ ދުވަހަކީ ބުރާސްފަތި ދުވަސް

ad image

ގުޅުންހުރި ލިޔުންތައް

23 މާރިޗް 2023 ވާ ބުރާސްފަތި ދުވަހަކީ 1444ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދާ ބެހޭ ބަޔާން:
ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށާއި، އިސްލާމީ ގިނަ ގައުމުތަކަށްވެސް 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ފެންމަތުވެފައި ނުހުންނާނޭ ކަމަށް، އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ އާއި، އަދި ދުނިޔޭގެ އިސްލާމީ އެއްވެސް ގައުމަކަށް މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުވެފައިވާ ކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާތީ، ރަމަޟާންމަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރަން ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން، ބުދަ ދުވަހަކީ މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ މި ހިނގާ މާރިޗު މަހުގެ 22 ވާ ބުދަ ދުވަހަކީ، ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ މި ހިނގާ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަކީ ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ އެއް ވަނަ ދުވަސްކަމުގައި ކަނޑައަޅާފީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ