ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަމުންދިޔަ އިބްރާހިމް ފައިހް ނިޒާމް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.
ފުލުހުން ބުނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ސ މަރަދޫފޭދޫ/ ރަތްދެބައިގޭ އިބުރާހިމް ފައިހު ނިޒާމް މިރޭ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
އަދި ފުލުހުން މާލޭގައި މިއަދު ހިންގި އޮޕަރޭޝަނަކީ ފައިހު ނިޒާމު ހޯދުމަށް ހިންގި އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
