- Advertisement -ad image

ރަމަޟާން މަހު މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


މާލެސިޓީ އަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ރަމަޟާންމަހު މާލެސިޓީ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން މަސައްކަތްކުރަމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން، ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
މާލެއާއި ބުރިޖު އަދި މާލެ- ހުޅުމާލެ ލިންކު ރޯޑުގައި އާންމުގޮތެއްގައި ދިމާވާ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފުލުހުން ވަނީ ރާވާފައެވެ.
އަދި މާލޭގެ މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާނެއެވެ. އަދި ހަމަ އެހެންމެ ބާޒާރުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާބިނގާވެ އުޅެވޭނެގޮތާއި ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެއެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށްވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ