- Advertisement -ad image

މާލޭގެ މަގުތައް ވަރަށް ނަލަ!

ad image

ގުޅުންހުރި ލިޔުންތައް


ރޭ އިރު އޮއްސި ހައެއް ޖެހުމާއެކު މާލެ ސިޓީގެ މަގުތަކުން ފެނުނީ ޗާލު ކަމެވެ. ބޮޑުތަކުތުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް އިތުރު ޒީނަތްތެރިމާއި ފުރިހަމަކަން ގެނެސްދެނީ ވަށައިގެން ޖަހާފައިވާ ޕެލެޓްތަކުގައި އިންދާފައި ހުރި ރީތި ބޯގަންވިލާ ގަސްތަކުންނެވެ.
މަގުތައް ދިއްލާލާފައި އޮންނައިރު ވަރަށްވެސް ހިތްގައިމެވެ.
އަދި މިވަރުން ނިމުނީއެއް ނޫނެވެ.

އާރޓިފިޝަލް ބީޗް ސަރަޙައްދަށް ނަލަކަށް ގެނެސްދިނީ މިމަހުގެ 13 ވަނަ ދުވަހު އިފިތިތާހުކުރި “ސްމާރޓް ސްޓްރީޓް ލައިޓް” ތަކުންނެވެ.
ރަމަޟާންމަހުގެ ތަހުނިޔާ މެސެޖު އެ ލައިޓްތަކުގައި ހަރުކޮށްފައި ސްކްރީންތަކުން ފެންނަން ހުރިއިރު ވަރަށް ފުރިހަމައެވެ.




ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް މި ކަމަށް ތައުރީފުކޮށްފައިވެއެވެ.
މާލެސިޓީ އަށް ބަދަލުތައް ގެނައުމުގެ އެންމެ އިސް މޭސްތިރިއަކީ މޭޔަރު ޑރ މުހައްމަދު މުއިއްޒެވެ. ގޮންޖެހުންތަކާއެކުވެސް މިފަދަ އެތައް މަސައްކަތެއް މޭޔަރު ދަނީ ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ