- Advertisement -ad image

ކަދުރު ބަހަން ފަށާނީ މިމަހުގެ 26 ގައި

ad image

ގުޅުންހުރި ލިޔުންތައް


ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު މިމަހުގެ 26 ވަނަ ދުވަހު ބެހުމަށް ނިންމައިފިއެވެ.

ސަޢުދީ ސަރުކާރުން މިއަހަރު ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިމަހުގެ 26 އިން އަންނަ އޭޕރީލް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަދުރު ބަހަމުން ގެންދާނެކަމަށެވެ. އެގޮތުން ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ އިސްލާމިކް މިނިސްޓްރީގެ ލޮބީގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބަލާ އަންނައިރު އައިޑީކާޑު ހިފައިގެން އައުމަށް އިލްތިމާސްކޮށްފައެވެ. ކަދުރު ބަހަން ނިންމަފައިވަނީ 1444 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުސޫލުންނެވެ. އެގޮތުން ފަޤީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ