- Advertisement -ad image

ބޭބެއަށް ޣާލިބުގެ ރައްދު: ގައުމު މިހާލަތަށް އަޅުވެތި ކުރުވީ ރައީސް ސާލިހުގެ ފަހަތުގައި ޖޭޕީ އޮވެގެން!

ad image

ގުޅުންހުރި ލިޔުންތައް


ގައުމު މިހާލަތަށް އަޅުވެތި ކުރުވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަހަތުގައި ޖުމުހޫރީ ޕާޓީ އޮވެގެން ކަމަށް ޕީޕީއެމްގެ ސެނެޓަރ އަހުމަދު ޣާލިބު ވިދާޅުވެއްޖެއެވެ.
ޣާލިބު މިހެން ވިދާޅުވީ، އޭނާގެ ބޭބެ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އަހްމަދު، ރިޔާސީ އިންތިޚާބަށް ޖޭޕީ އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރަން ނިންމީ، ދިވެހިރާއްޖެ އަޅުވެތިވުމުގެ ފުރުސަތު ނުދިނުމަށްކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.
ޣާލިބު ވިދާޅުވީ ރައީސް ސާލިހު އާއެކު އަޅުވެތި ކަމަށް ހިތްވަރު ދޭން ޖޭޕީ އޮތްކަން ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ.


ޖުމުހޫރީ ޕާޓީއަކީ އެމްޑީޕީގެ މި ސަރުކާރު އުފެއްމަށް ކޯލިޝަނުގައި ބައިވެރިވެ މިއަދާ ހަމަށްވެސް ސަރުކާރުގެ މުހިއްމު މަގާމުތަކެއްގައި ޖޭޕީގެ މެންބަރުންވެސް ތިބި ޕާޓީއެކެވެ.
ސަރުކާރު ކޯލިޝަނުގައި އޮވެ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ހާއްސަގޮތެއްގައި ސަރުކާރުން މިއަދާ ހަމައަށް ކުރި އެއްވެސް ކަމެއް ގޯސްވެގެން އަދި ކަމުނުގޮސްގެން ޖޭޕީން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ ގިނަ ބަޔަކު އެކަމަށް ފާޑުކިޔައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ