އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސައިން އަމްރު އެ މަގާމުން ވަކިކުރަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އަށް މިއަދު އަންގައިފި އެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމުން އަމުރު ވަކި ކުރައްވަން ރައީސް ނިންމެވިއިރު އަމްރު ގެންދަވަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކުޝަނާއެކު ރިޔާސީ އިންތިހާބުގެ މަޝްވަރާތަކުގައި ޕާޓީތަކާއެކު ބައިވެރިވަމުންނެވެ.
ރައީސް އޮފީހުފެ ތަރުޖަމާނު މިއުވާން ބައެއް މީޑިއާތަކަށް ވިދާޅުވީ، މިގޮތަށް ރައީސް ނިންމެވީ ދޭތެރެ ދޭތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިން ކަމަށެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކުރުމަށް ފަހު އެސްޓީއޯ ހިންގަން ހަވާލު ކުރި ބޭފުޅެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

ކާންދޭ އަތް ނޭގުނީމާ ވާންވީ ތިހެން! ދެން ބަލާނަން ރިސޯޓްތަކަށް ގޮސް ހިނދުކޮޅު ގެނެވޭތޯ!
މީނާ ވަކިކުރުން މާ ލަސްވެސް ވެއްޖެއެވެ. މީނައަކީވެސް ހިނދުކޮޅު އަންނަ މީހެކެވެ. ވީމާ މިމީހުން ތިބޭނީ އަންނި ފަޅީގައެވެ.