ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފްލައި ދުބާއީގެ މަތިންދާ ބޯޓު ޖެއްސުމުގެ ތެރޭގައި ބޯޓުގެ ފުރޮޅު ފަޅައިގެން ދިއުމާ ގުޅިގެން ރަންވޭ ބަންދުކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނީ ބޯޓުގައި ތިބި ފަސިންޖަރުންނާއި ކުރޫއިން ސަލާމަތުން ތިބި ކަމަށެވެ.
މިއަދު މެންދުރު 14:18 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައި ދުބާއީގެ އެފްޒެޑް 1569 ގެ ފުރޮޅު ފަޅައިގެން ދިޔުމުގެ ސަބަބުން އެ އެއާޕޯޓުގެ ރަންވޭގެ ބައެއް ވަނީ ބަންދުކޮށްފައެވެ.
ވަގުތީ ގޮތުން ރަންވޭ ބަންދުކުރުމަށް ފަހު ހަވީރު 5:00 ހާއިރު ރަންވޭ އާންމު އުދުހުންތަކަށް ހުޅުވާލެވޭނެ ކަމަށް ކުރިން އެ ކުންފުނިން ލަފާކޮށްފައިވީ ނަމަވެސް ރަންވޭ ކްލިއާ ކުރެވިފައިވަނީ އެއަށްވުރެ ފަހުން ކަމަށް މައުލޫމާތުލިބެއެވެ.
