- Advertisement -ad image

އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދަނީ!

ad image

ގުޅުންހުރި ލިޔުންތައް


މި އަހަރުގެ އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދަން އިއުލާންކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވަނީ ދިވެހި މާއްދާއަށް ދެ މާކަރުން އަދި އިސްލާމް މާއްދާއަށް 1 މާކަރު ހޯދަން އިއުލާނުކޮށްފައެވެ.
މި މަސައްކަތް ކުރިއަށް ދާނެ ތާރީޚްގެ ގޮތުގައި ބުނެފައިވަނީ 24 އެޕްރީލް އިން 29 އެޕްރީލްގެ މެންދުރު ފަހު 13:00 އިން ހަވީރު 17:00 އަށެވެ.

ޑީޕީއީން އިތުރަށް ބުނީ މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް 60 ރުފިޔާ ކަމަށާއި މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ ދޭނެ ކަމަށެވެ.

މާކަރަކަށް ހުށަހަޅާ ފަރާތެއްގެ ޝަރުތުތަކުގެ ތެރޭގައި މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން،
ސާނަވީ / މަތީ ސާނަވީ ސިލަބަހަށް 2 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުތިބާ ލިބިފައިވުން ނުވަތަ ވޭތުވެދިޔަ ދެ އަހަރު (މެދުނުކެނޑި) މާކުކުރަން އެދޭ މާއްދާގެ އިމްތިޙާނު މާކުކޮށްފައިވުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ