- Advertisement -ad image

ގާސިމްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.
ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ ޖުމުހޫރީ ޕާޓީ އިސްވެއޮވެއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ކައުންސިލުން ގަރާރެއް ފާސްކޮށް، ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދު މެންދުރު 12 ޖެހިއިރު ވަނީ ހަމަވެފަ އެވެ.

” 25 ފެބުރުއަރީ 2023 ގައި ކުރިއަށްދިޔަ ޖުމުހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސަށް ހުށަހަޅާ، ފާސްކުރި ގަރާރާ، އަދި ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމަށް ހުށަހަޅާ ފާސްކުރި ގަރާރުން، ޕާޓީގެ މައްޗަށް ލާޒިމުކޮށްފައިވާތީ، ރިޔާސީ ކެންޑިޑޭޓެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް ބޭފުޅުންނެއް ޕާޓީގައި ތިބި ނަމަވެސް، އިއުލާނުގެ މުއްދަތު އެންމެ ފަހު ދުވަހުގެ ފަހު ވަގުތާއި ހަމައަށް އަންނަމުން ދިޔައިރުވެސް، އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާފައި ނުވާތީ އާއި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުރި މީހަކީ ހަމައެކަނި ގާސިމް ކަމަށްވާތީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ކަމަށް ގާސިމް އިބްރާހިމް ޕާޓީގެ ސެކެރެޓޭރިއަޓަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.
މި މުއްދަތުގައި ޕްރައިމަރީގައި ވާދަކުރުމަށް ހަމައެކަނި ފޯމްލާފައިވަނީ ގާސިމް އިބްރާހިމްއެވެ.
ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާތައް ބާއްވަން ޖޭޕީން ފަށާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ “ފިކުރެއްގެ ދިރުން” ހަރަކާތާއެކުއެވެ.
އަދި ރައީސް މައުމޫނުގެ ޕާޓީ އެމްއާރުއެމް އަދި ސަލަފު ޖަމިއްޔާ އާއެކުވެސް ޖޭޕީން ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް މިހާތަނަށް ކޯލިޝަން ހެދުމުގެ ފެހި ސިގުނަލް އެއް ދީފައިވަނީ ފިކުރެއްގެ ދިރުން ހަރަކާތުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ފައިސާގެ ދަހިވެތިކަމުގައި ގާތްކަމަށް ހެދިގެން އުޅޭ ބަޔަކު އަނެއްކާވެސް ގާސިމް މޮޔަ ހައްދަނީއެވެ. މި 100 ޕަރސަންޓް މުސްލިމް ގައުމުގެ ރައްޔިތުންނެއް ގައުމުގައި އެންމެ ގިނަ ބަނގުރާ ވިއްކާ، އެންމެ ގިނަ ސްޕާ ހިންގާ މީހާއަށް ހަމަހޭގައި ވެރިކަމަށް ވޯޓެއް ނުލާނެއެވެ. ކިތަންމެ ފައިސާއެއް ހުއްޓަސް ދިވެހިންގެ ދީނެއް ނުވިއްކާނެއެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ