- Advertisement -ad image

މަގާމު ދިފާއު ކުރަން އެންމެންވެސް ގާސިމާ ދުރަށް!

ad image

ގުޅުންހުރި ލިޔުންތައް


ޖުމުހޫރީ ޕާޓީގެ ލީޑަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ހިސާބުން ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ މެންބަރުން ގާސިމާއި ފެއަަށް ޖެހެން ފަށައިފިއެވެ.
ލިބިފައިވާ ވަޒީފާ ނުވަތަ މަގާމު ދިފާއު ކުރުމަށް މި އޮތް ހުރިހާ ދުވަހު ގާސިމާއެކު އުޅުނު ގިނަ ފަރާތްތަކެއް މިވަނީ ގޮތް ނިންމާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހާއެކު ވަޑައިގަތުމަށް ނިންމަވާފައެވެ.
އެގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ޖުމްހޫރީ ޕާޓީން މިއަދު ވަނީ ވަކިވެވަޑައިގެންފައެވެ.

ޖޭޕީން ވަކިވެ، ޝާހް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރުގައި ދައްކަވައިދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި، އަސާސީ ހިދުމަތް ފޯރުކޮށްދިނުމާއި ތަރައްގީ ކަމަށެވެ.
“2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އަޅުގަނޑު ތާއީދުކުރާތީ ތިޔަ ޕާޓީގެ ކައުނސިލް މެންބަރު ކަމުން އިސްތިއުފާ ދީފިމެވެ. އަދި ޖޭޕީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދި ދެންނެވީމެވެ” ޝާހުގެ ސިޓީގައި ވިދާޅުވެފައިއެވެ.
މީގެއިތުރުންވެސް ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެޑްވައިޒަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން މިއަދު ވަނީ ނިންމަވާފައެވެ.
އަދި ދެން އެންމެ އަވަހަށް ޖޭޕީން ވަކިވެވަޑައިގަންނަވާނީ ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުالله މައުސޫމު ކަމަށް ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ އެކި ކަންކަމުގައި ބޭނުންކުރުމަށް ހަދާފައިވާ މީސްމީޑިއާ ގްރޫޕުތަކުން މިނިސްޓަރު މައުސޫމް މިރޭ ވަނީ ނުކުންނަވާފަ އެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން މިނިސްޓަރު މައުސޫމު ވެސް އަދި ޖުމްހޫރީ ޕާޓީއިން ވެސް ރަސްމީކޮށް އެއްޗެއް ހާމަކޮށްފައިނުވެ އެވެ.

ޖޭޕީގެ މެންބަރު ކަމުގައި ހުންނެވި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް (ސޯނީ) ވެސް ވަނީ ޖުމްހޫރީ ޕާޓީން މިރޭ ވަކިވެފައެވެ. ސޯނީ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސް ސޯލިހްގެ ތައުލީމީ ސިޔާސަތު ތަންފީޒު ކުރުމަކީ ލިބިވަޑައިގެން ފަހުރަކާއި ޝަރަފެއް ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އަކީވެސް ޖުމުހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެ ރައީސް ސާލިހުގެ ރަނިންމޭޓަކަށް ވެވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ދާދި ފަހުން ބޭއްވި ޖޭޕީގެ ކޮންގަރެސްގައިވެސް ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައެއް ނުގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ސާހް އަށް ވެސް އަދި ބޮލެއް ހުރި ކޮންމެ މީހަކަށްވެސް، މިއުޅެނީ ބަޔަކު ގާސިމްގެ ބޮލަށް ވަދެގެން މޮޔަ ހައްދައިގެންކަން އެގޭނެއެވެ. ހަމަހޭގައި މިތިބަ މުސްލިމް ދިވެހިން ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ސްޕާ ހިންގާ މީހާއަށް ވެރިކަމަށް ވޯޓެއް ނުދޭނެއެވެ. ދިވެހިންގެ ދީނެއް ފައިސާއަކަށް ނުވިއްކާނެއެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ