- Advertisement -ad image

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް މާފުށިން ގޯތި ދެނީ

ad image

ގުޅުންހުރި ލިޔުންތައް


ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ކ މާފުށިން ހިއްކި ބިމުން 308 ގޯތި ދޫކުރަން ނިންމާ އެ ގޯތިތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ހިއްކި ބިމުން ދޫކުރަނީ ދިރިއުޅުމަށް 2000 އަކަފޫޓުގެ ގޯއްޗެވެ.
މާފުށިން ގޯއްޗަށް އެދޭ މީހުންގެ ޝަރުތުތަކުގެތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން ހިމެނެއެވެ.
އަދި ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވާއިރު އެފަދަ ތަނެއްގެ ރަޖިސްޓްރީ އޮތް ނަމަވެސް ވިއްކާލިތާ ނުވަތަ ދޫކޮށްލިތާ ދެ އަހަރުވެފައިވާން ޖެހެއެވެ.
ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުންނާއި މާފުށި ކައުންސިލް އިދާރާއިން އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އާ ހަމައަށް ލިބެން ހުންނާނެ ކަމަށް މާފުށި ކައުންސިލުން ބުނެއެވެ.

މާފުށި ކައުންސިލުން ބުނީ، ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ކަމަށެވެ.
މާފުށިން ގޯތި ދޫކުރަން އިއުލާނުކޮށްފައި މިވަނީ ކުރިއަށް އޮތް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ