- Advertisement -ad image

މިނިސްޓަރަށް އޮޅުނީ، ސިޓީކައުންސިލުން ޔޫތު މިނިސްޓްރީގެ ބިމަކަށް ނުވަދޭ!

ad image

ގުޅުންހުރި ލިޔުންތައް


ސިޓީ ކައުންސިލުން ޔޫތު މިނިސްޓްރީގެ ބިމަކަށް ވަދެފައި ނުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްއިން ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިމަކަށް ވަދެ، އެތަނުގައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައިގެން، މުދާތައް ގެންދަން ފަށާފައިވާ ކަމަށެވެ.
މިކަމަށް ރައްދު ދެއްވާ މާލޭ ސިޓީކައުންސިލުން ބުނީ، މިނިސްޓަރު ވިދާޅުވި އެބިމުގައި އިމާރާތްކޮށްފައިވާ ގުދަނާއި އެ ގުދަނުގައިވާ މުދާތަކުގެ ވެރިފަރާތް ހޯދުމަށް، 2022 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަދުވަހު ސިޓީ ކައުންސިލް އިން އިއުލާނެއް ކޮށް، އެ އިއުލާން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވެސް ޝާއިއުކޮށްފައިވާނެ ކަމަށެވެ. ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނަށް ބަލާލާއިރު، ގަލޮޅު މާލެހިޔާގެ ދެކުނުން އޮންނަ 353 ނަމްބަރު ކޮއްޓާއި 355 ނަމްބަރު ކޮށި ހިމެނޭ ބިމުގައި ހުރި ރުމާލު 2 ޖަގަހަ ހިންގި އިމާރާތާއި ޓޯޔާޑް ހިމެނޭ ބިމާ ދެމެދު ހުރި ގުދަނާއި ގުދަނުގައި ހުރި ތަކެތީގެ ވެރިފަރާތް ސާފުކުރުމަށް ބޭނުންވާކަމަށާއި އެހެން ކަމުން ގުދަނުގައި ހުރި މުދަލުގެ ވެރިފަރާތުން އެތަން ބޭނުން ކުރުމާއި ބެހޭ ގޮތުން ދަތުލަތުގެ އެއްވެސް ފަރާތަކާއި އެކު އެއްބަސްވުމެއް ހެދިފައިވާ ނަމަ އެ އެއްބަސްވުމެއްގެ ކޮޕީއެއް 04 ޑިސެމްބަރ 2022 ން 10 ޑިސެންބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ( 07 ދުވަހުގެ ތެރޭގައި) ކައުންސިލުގެ އާންމުޚިދުމަތްތަކާއި ބެހޭބަޔަށް ލިޔުމުން ހުށަހެޅުމަށް ދަންނަވާފައިވެއެވެ.

އަދި 10 ޑިސެމްބަރ 2022 ގެ ނިޔަލަށް ލިޔެކިއުން ހުށަހަޅާފައި ނުވާނަމަ އެގުދަން ރޫޅާލުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށް ގެންދާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. ގުދަން ރޫޅާލުމުގެ މަސައްކަތް ކުރާއިރު ،ގުދަނާއި ގުދަނުގައި އެއްވެސް އެއްޗެއް ހުރިނަމަ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ތަކެތި ނެގުމުގެ ތެރޭގައާއި ،ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި، އުނިއިތުރަށް އެ ކައުންސިލުން ޒިންމާ ނުވާނެކަން އާންމުކޮށް އަންގާ އިޢުލާނު ކުރާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ