ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަދި މިކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފުލުހުންގެ އޮންލައިން ކްރައިމް ރިޕޯޓިންގ ޕޯޓަލް police.gov.mv/crimereport ބޭނުން ކުރެއްވިދާނެ، ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާގެންވެސް ރިޕޯޓުކުރެވޭނެ ކަމަށެވެ.
