- Advertisement -ad image

ނަން ބަދަލުކުރުމުން ކޮށްފައިވާ ވައްކަންތައް ނުބެލޭނެ ކަމަށް ހީނުކުރާތި: ސެމްބެ

ad image

ގުޅުންހުރި ލިޔުންތައް


އެޗްޑީސީގެ ނަން ބަދަލު ކުރިއަސް ކޮށްފައިވާ ވައްކަންތައް ނުބެލިދާނެ ކަމަށް ހީކުރެވިގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ސެމްބެ މިހެން ވިދާޅުވީ، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން އާރބަންކޯއަށް ބަދަލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ސެމްބެ ވިދާޅުވީ ހުރިހާ ބިންތައް ވަނީ ބަހާ ހުސްކޮށްލާފައި ކަމަށެވެ.

އެޗްޑީސީގެ ނަން އާރބަންކޯއަށް ބަދަލުކުރީ ކުންފުންޏަށް 22 އަހަރު ފުރުން ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެކުންފުނިން ބުނީ “އަރބަންކޯ” މި ބްރޭންޑް ލޯންޗުކުރުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުންކަމަށެވެ.


އެޗް.ޑީ.ސީ ވުޖޫދުވެގެން އައީ މާލޭ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ