- Advertisement -ad image

އެމްޓީސީސީން ފޭސް 2ގެ ރައްޔިތުން ހާލުގައިޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭ ފޭސް 2ގައި މީހުން ދިރިއުޅެން ފެށިތާ އަހަރަކަށްވުރެ ގިނަދުވަސް ވީއެވެ.
މިއަހަރު ރޯދަމަހު އެމްޓީސީސީގެ ބަސްދަތުރުތައް މިވަނީ ރައްޔިތުންނަށް ވޭނަކަށް ވެފައެވެ.
” ސްކޫލުތަކާއި އޮފީސްތައްކަށް މިދަނީ އެއްގަޑިއަކަށް.. އާންމުކޮށް އޮންނަ ބަސް ފިޔަވާ، އެކުސްޓްރާ ބަހެއް އޮތީ އެންމެ ދުވަހަކު” ބަސް ސްޓޮޕްގައި ހުރި މީހަކު ބުންޏެވެ.
7:45 ކުންފެށިގެން 8:30 އާ ދެމެދު ބަސް ސްޓޮޕް އޮންނަނީ ފުރި ބާރުވެފައެވެ.
ސްކޫލުކުދިންނާ ވަޒީފާއަށްދާ މީހުން ބަހުން ޖާގަނުލިބި 30 މިނެޓްވެސް ތިބެން ޖެހޭ ދުވަސް އާދެއެވެ.
“ މިކަމާ ގުޅިގެން ކޯލު ސެންޓަރަށް ގުޅުމުން ބުނަނީ ކަމާގުޅޭ ފަރާތްތަކަށް އެބަ އަންގަމޭ. އެކަމަކު ނަތީޖާއެއް ނުފެނޭ” އެހެން މީހަކު ބުންޏެވެ.
ބަހުގައި އާއްމުކޮށް ދަތުރު ކުރާ ފަރާތްތަކުން ބުނީ އެޗް 12 ގެ ކައިރިން އެޗް 5 ކައިރިއަށް ބަސްއަންނައިރު އޮންނަނީ ފުރިފައި ކަމަށެވެ. އަދި ސްޓެލްކޯ އައު ސްޓޮޕުގައި ތިބޭ މީހުންނަށް ބަހުން ޖާގަ ނުލިބޭ އިރު ރޯދައިގެ ކުރިންވެސް ސްޓެލްކޯ ސްޓޮޕުގައި ތިބޭ މީހުންނަށް ޖާގަ ނުލިބޭ ދުވަސްތައް ގިނަ ކަމަށް އެމީހާ ބުންޏެވެ.
ބަސް ސްޓޮޕްގައި ތިބި ފަރާތްތަކުން ވަނީ “ އޮފީހަށް ނުވަތަ ސްކޫލަށް ގަޑިޖެހިގެން ދިއުމުން ޒިންމާ ވާނީ ކާކުތޯ؟” ސުވާލުކޮށްފައެވެ.


ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތެއް ނުދެވުނަސް ބަރާބަރަށް ޕްރައިވެޓް ހަޔާގެ ދަތުރުތައް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ