- Advertisement -ad image

މާފުށީގައި ހުރި އެމްޑީޕީގެ އިސް މެންބަރު ހަލީލްބެ ޕީޕީއެމް ކެމްޕެއިން ޓީމާ ގުޅިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަން ކުރާ އެމްޑީޕީގެ ފިކުރު މާފުށީގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ހަލީލްބެ ޕީޕީއެމްގެ ކެމްޕެއިން ޓީމާ ގުޅިއްޖެއެވެ.
މިމަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާގެ ކެމްޕެއިން ޓީމާއެކު ހަލީލްބެ ކެމްޕެއިން ފެށިކަން އިއުލާނުކުރައްވައި ޕީއެންސީގެ ނައިބު ރައީސް އިބުރާހީމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސައިން ރިޒާގެ ކެމްޕެއިން ޓީމާ އެކު ހަލީލްބެ ނިކުންނެވުމަކީ މި ކެމްޕެއިންގައި އެޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.


“ ހަލީލްބެއަށް ވެސް ގޯހީ ރައީސް.ސޯލިހްގެ ހިޔަޅު ސިޔާސަތު” ޝުޖާއު ވިދާޅުވިއެވެ.
ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. މި ބައިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް، އެމްޑީޕީ އަދި އެމްއެންޕީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ