- Advertisement -ad image

ޕިކަޕްއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި 59 އަހަރުގެ މީހަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް 2 އެމްޕީއެލް ފްލެޓްކައިރީ ޕިކަޕްއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި 59 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:56 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވީ 59 އަހަރުގައި ފިރިހެނަކަށް ކަމަށާއި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އެމީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ޢުމުރުން 59 އަހަރުގެ ޢަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ.އެނގިފައިވާގޮތުގައި މިޙާދިސާގައި ނިޔާވެފައިވަނީ އަރބަންކޯގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އެކުންފުނީގައި ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ މީހެއްގެ އިތުރުން އޭނާއަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ މީހުން އާބާދުވީއިރު ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހެއްވެސްމެއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ