- Advertisement -ad image

ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ސައުދީގެ އުޞޫލްތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ދާ ދިވެހިން ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅާފައިވާ އުޞޫލްތަކާއެއްގޮތަށް ޢަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ރަމަޟާންމަހު ގިނަ ބަޔަކު ޢުމްރާގެ އަޅުކަމަށް ދާތީ ސަޢުދީ ސަރުކާރުން ވަނީ ރަމަޟާންމަހު އުމްރާވެރިންނަށް އުމްރާ ތަކުރާރުކުރުމުގެ ހުއްދައެއް ނުދޭން ނިންމާފައެވެ. ޢުމްރާކުރުމުގެ ހައްގު ކޮންމެ އުމްރާ ވެރިއަކަށްވެސް ލިބޭނީ އެއް ފަހަރުކަމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އުމްރާގެ އަޅުކަމުގެ އުޅޭއިރު ފޮޓޯ ނެގުންފަދަ، އަޅުކަމާ ނުގުޅޭ ޢަމަލުތައް ނުކުރުމަށް ސަޢުދީން ވަނީ އިލްތިމާސްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ޢުމްރާގެ އަޅުކަން އަދާކުރާ އެންމެހައި ޢުމްރާވެރިން ހަމަޖެހިފައިވާ އުސޫލުގެ ދަށުން “ތަވައްކަލްނާ” އަދި “ނުސުކް” އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި ގެފުޅުގެ ވަށައިގެން ތަވާފުކުރާ ސަރަޙައްދާއި، ފަހުދު ރަސްގެފާނު ދޮރާށިކޮޅާއި، އުމްރާ ދޮރާށިކޮޅާއި، ޢަބްދުލް ޢަޒީޒް ރަސްގެފާނު ދޮރާށިކޮޅާއި، އައްސަލާމް ދޮރާށިކޮޅާއި އަދި މަރުވާ ދޮރާށިކޮޅު، އެންމެހައި ޢުމްރާކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރަށް ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއާއި، ސަޢޫދީ ޢަރަބިއްޔާގެ ރިޔާސަތުން ޙަރަމްފުޅު ބޮޑުކުރުމުގެ ތިންވަނަ މަޝްރޫޢުގެ ތެރެއިން އަލަށް ޢިމާރާތް ކުރެވިފައިވާ ތިންވަނަ ފަންގިފިލާއާއި، ޙަރަމްފުޅުގެ ބޭރުގައިވާ މިސްކިތުގެ ޚާއްސަ ސަރަޙައްދުތަކާއި، ޖަބަލުލް ކަޢުބާއާއި، އައްޝުބައިކާގެ މަގުތައް ނަމާދުކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާކަންވެސް ބަޔާނުގައި އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ދުއްވާ އުޅަނދުތަކާއި ހިނގާބިގާވެ އުޅޭމީހުން ވަކިކުރުމުގެ އިންތިޒާމު ފުރަތަމަ ރިންގް ރޯޑު ގައި ހަމަޖެހިފައިވާ ކަމާއި، ޢުމްރާގެ އަޅުކަމުގެ ރޫޙާ ޚިލާފު ކަންކަން ހިނގާނަމަ، ކަމާއިބެހޭ ފަރާތްތަކުން އެ ކަންކަމަށް ފަރުވާތެރިވެ އެކަންކަމާމެދު ފިޔަވަޅު އަޅާނެކަން ހަނދާންކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ