- Advertisement -ad image

އަޅުގަނޑުމެންނަށް ބިލް ބޮޑުކުރެވޭނެ އެއްވެސް ގޮތެއް މިޒަމާނަކު ނެތް: ފަހުމީ

ad image

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯ އާއި ފެނަކާއިން ކުރާ ކަމަކުން ކަރަންޓު ބިލު ބޮޑުކުރެވޭނެ އެއްވެސް މެކޭނިޒަމެއް މި ޒަމާނުގައި ނެތްކަމަށާއި، ކަރަންޓު ބިލުތައް ކުޑަކުރެވޭނީ އިދާރާތަކުން ގުޅިގެންކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަހުމީ ވަނީ ސްޓެލްކޯ އަކީ ދައުލަތުގެ ކުންފުންނެއް ކަމަށް ވާއިރު، އެކުންފުނިން ކުރާ ކަމަކުން ބިލް ބޮޑު ކުރެވޭނެ އެއްވެސް މެކޭނިޒަމް އެއް މިޒަމާނުގައި ނެތްކަމަށް ވިދާޅުވެފައެވެ. އަދި ބިލްކުރާނީ ގެތަކުގައި ހުންނަ މީޓަރަށް އަރާވަރުކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ހޫނުވާ ދުވަސްތަކުގައި ކަރަންޓު ބިލު ބޮޑުވާ ބޮޑުވުން ކުޑަ ކުރުމަށް ހުރިހާ އިދާރާއަކުން އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށް ފަހުމީވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ ރެގިއުލޭޓަރީ ބޮޑީޒް ގުޅިގެން ކުޑަ ކުދިންނަށާއި އަދި ބޮޑެތި މީހުންނަށް ކަރަންޓު އިގްތިސޯދުކުރުމަށް އެވެއާނަސް ކެމްޕޭންސް ހިންގަން ޖެހޭކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ފަހުމީ ވިދާޅުވީ ބިލް ބޮޑުވަނީ އަހަރަކު ތިނެއް ނޫނީ ހަތަރު މަހުގައިކަން ފާހަގަވެފައިވާކަމަށެވެ. އަދި ބައެއް މަސް މަހުގެ ބިލް ކުޑަ ވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފަހުމީ ވިޑާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ