- Advertisement -ad image

ވެރިކަން ކުރާ އެމްޑީޕީގެ ގިނަ ބަޔަކު މާފުށިން ޕީޕީއެމާއި ގުޅިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަންކުރާ އެމްޑީޕީގެ ގިނަ އާއްމު މެންބަރުންތަކެއް އިދިކޮޅު ޕީޕީއެމް ކޯލިޝަނާ ގުޅިއްޖެއެވެ.
މިމަހު ބާއްވާ ކ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި އަންގާރަ ދުވަހުގެރޭ މާފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި މާފުށީގެ ބައެއް މީހުން ވަނީ ޕީޕީއެމާއި ގުޅިފައެވެ.
ޕީޕީއެމަށް މާފުށިން ސޮއުކުރި މީހުން:
އަލީ ރަމީޒް/ ކ. މާފުށި
އަހްމަދު ނަޝީދު(ސަންގޭ)/ ކ. މާފުށި
އަހްމަދު ޚަލީލް/ ކ. މާފުށި
މައިމޫނާ އަލީ/ ކ. މާފުށި
މުހައްމަދު ވަދީހް/ ކ. މާފުށި
އަދި މިފަރާތްތަކާއެކު އެފަރާތްތަކުގެ އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކުވެސް ޕީޕީއެމާއި ގުޅިފައިވާ ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މި ބައި އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް، އެމްޑީޕީ އަދި އެމްއެންޕީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ