- Advertisement -ad image

ސަފާ އަށް ސަރުކާރުން އެންގީ ފައިސާ ދައްކާފައިވާ މީހުން މި ރޯދަމަހު އުމްރާއަށް ގެންދަން!

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ރަމަޟާންމަހު އުމްރާއަަށް ދިއުމަށް އަލް ސަފާ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކާފައިވާ އެންމެން އުމްރާއަށް ގެންދަން ސަރުކާރުން އެ ގުރޫޕަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ސަފާ ގުރޫޕަށް މިގޮތަށް އަންގާފައިވަނީ އެ ގުރޫޕުގެ ފަރުވާ ކުޑަކަމުން އެންމެ ފަހުވަގުތު ވިސާނުލިބިގެން އުމްރާ ދަތުރު ކެންސަލް ކުރުމާ ގުޅިގެންނެވެ.
ވިސާ ނުލިބިގެން އުމްރާއަށް ނުފުރޭ ކަން އެ ގުރޫޕުން އެންގިއިރު އެއްބަޔަކު ތިބީ އެއަރޕޯޓަށް ގޮހެވެ. އަދި އެއަރޕޯޓަށް ދިއުމަށްޓަކައި އެތައް ބަޔަކު ދަތުރު މަތީގައިވެސް ތިއްބެވެ.
ސަފާ ގުރޫޕުގެ ހަވާލުގައި 181 މީހުން އުމްރާއަށް ފުރަން ތައްޔާރު ވެގެން ތިބީ މީގެ އެތައް ދުވަހެއް ކުރިން މީހަކު 37،500ރ. އެ ޖަމާއަތަށް ދައްކައިގެންނެވެ.

މި ކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ވިސާ ހަމަނުޖެހި ކަނޑައެޅި ތާރީހަށް އުމްރާވެރީން ފުރުވާލެވިފައި ނުވާ ކަމަށް ސަފާ ގުރޫޕުން ބުނާ ކަމަށެވެ. ތިން މަސް ދުވަހަށް އުމްރާ ވިސާ ލިބޭއިރު ދުރާލާ އެކަންކަން ހަމަޖައްސަން ގުރޫޕުން މަސައްކަތް ކޮށްފައި ނުވާ ކަމަަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން އުމްރާ ވިސާއަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތެއް ކަމަަށާ އެގޮތުން މި ވިސާއަކީ ރާއްޖޭގެ ހައްޖު ކޯރަޕޭޝަނުން ވެސް ފޯރުކޮށްދޭ ހިދުމަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާ ފަދަ މަތިވެރި އަަޅުކަމަކަށް ދިއުމަށް ފައިސާ ދައްކާ ފުރަން އޮންނަ ދުވަހަށް ދަތުރުވެރިންނަށް ފުރޭގޮތް ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަަށެވެ. އަދި އުމްރާވެރީންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާ ނުލައި ލަސްނުކޮށް ވީހާވެސް އަވަހަކަށް މި ރޯދަ މަހު އުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަަށް ސަފާއަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ