ރ މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖައްސާލި ވަގުތު ޕިކަޕުގެ ފަހަތުގައި ހުރި މީހެއްގެ ގައިފާ ޕިކަޕުން ޖެހި ހިނގި ހާދިސާއެއްގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރުގެ ވަގުތުގައި ކަމަށެވެ.
ފުލުހުން ބުނީ ހާދިސާ ހިނގުމުން އަނިޔާވި މީހާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.