- Advertisement -ad image

އެކި ރޯގާތައް ހަލުވި ކަމާއެކު ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް-19އާއި، އަރިދަފުސް ރޯގާ އިތުރުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައްއެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ކޮވިޑް ކޭސްތައް މަދުވެ، ރިޕޯޓްކުރާ މިންވަރު މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ކޮވިޑް ޖެހިގެން ރިޕޯޓުކުރާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. ކޮވިޑްގެ އިތުރުން، ޑެންގީހުމާއި އެހެނިހެން ބަލިތައް ފެތުރުމުގެ ފުރުޞަތު އޮތުމާއެކު ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ބުނީ، މިދުވަސްވަރަކީ ސުކޫލް ޗުއްޓީއާއި ޢީދު ބަންދަށް ރާއްޖެއިން ބޭރަށާއި، އަތޮޅުތަކަށް ދަތުރުފަތުރު ކުރުމާއި، ގޭގެއަށް ޒިޔާރަތްކުރުން އިތުރުވާނެ ދުވަސްވަރެއްކަމަށެވެ. އެހެންކަމުން އެބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިިޔަވަޅުތައް އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ. އެގޮތުން އަރިދަފުސް ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ޙާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދައި، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ، ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކުއެޅުމަށާއި، ޢާންމު ތަންތާނުގައި އުޅޭއިރު، ގައިދުރުކަން ބެހެއްޓުމަށާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ