- Advertisement -ad image

ގެއިން ނެރެލި ތިންމައިންގެ އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފި

ad image

ގުޅުންހުރި ލިޔުންތައް


9 އެޕްރީލްވީ އާދިއްތަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި ގެއިން ނެރެލި އެކަނިވެރި މަންމައަކާއި ދެ ކުދިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެއާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މަމްސް އެއިޑުން ބުނީ އެޖަމިއްޔާއިން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި ކުއްލިގޮތަކަށް މި އާއިލާ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޖެންޑާއިން އާއިލާ ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެއްގައި އާއިލާ ބައިވެރި ކުރުން ކަމަށް ބުނެފައިވެއެވެ.
މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހުޅުވާލުމުން 3 ގަޑިއިރު ތެރޭ 164،730 ރުފިޔާ ވަނީ ލިބިފައެވެ. މަމްސް ޖަމިއްޔާއިން ބުނީ މި ފައިސާއިން އެ އާއިލާއަށް ބޭނުންވާ ހަރަދުތައްކޮށް ދިރިއުޅޭނެ ތަނެއް ހޯދާ އާއިލާ ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އަދި ޖެންޑާއިން މިހާރު އާއިލާ ނަގާފާވީނަމަވެސް މަމްސް އެއިޑްގެ ފަރާތުން އާއިލާގެ ހަރަދުތައް ބަލަހައްޓަމުންދާނެ ކަމަށާއި މި ޕްރޮގްރާމްގެ މުއްދަތު ކަނޑައެޅިގެންދާނީ ކުރެވޭ އެސެސްމަންޓްތަކަށް ބަލައިފާކަމުން ސީދާ އާއިލާ ދޫކުރެވޭނީ ފަހުން ކަމަށް ޖެންޑާއިން ބުނެފައިވާކަންވެސް މަމްސް ޖަމިއްޔާއިން ހާމަކުރެއެވެ.
ޖެންޑަރ މިނިސްޓްރީގެ ޕްރޮގްރާމް ނިންމާ އާއިލާއިން މުޖުތަމައުއަށް ނިކުތުމުން ދިރިއުޅޭނެ ތަނެއް ހަމަޖައްސައި، ސްކޫލް ހަރަދާއި، ކާބޯތަކެތި، ކައުންސިލިންގ އަދި އިތުރު އާމުދަނީއެއް ލިބޭނެ މަގު ފަހިކޮށް ހުރިހާ ކަމެއްވެސް ކުރެވެމުންދާނީ މި ފަންޑު މެދުވެރިކޮށް ކަމަށް މަމްސް އެއިޑުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ތިޔައާއިލާޔައް އަނެއްކާ އިތުރު ނިކަމެތިކަމެއް ތިލިބުނީ ޖެންޑަމިނިސްޓުރީގެ ބެލުމުގެ ދަށުގައި ބައިތިއްބާ މީހުންނަށާއި ކުދިންނައް އޯގަތެރިކަމުގެ ބަދަލުގައި ލިބޭނީ އިތުރުހިއްދަތިކަން މިއަދުގެ ޖެންޑަ މިނިސްޓަރަކީ ދެއްކުންތެރި ބޭފުޅެއް ކަމައް މާލެ ވިލިންގިލީގެ މުޅިރައްޔަތުން އެއްބަސްވޭ ވީމާ ތިޔައާއިލާޔައް އެއްމެރަނގަޅުވާނީ ތިޔަތަނުން މަމްސްގެބެލުމުގެދަށައް ގެންދިއުން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ